ދިރާސާ ކުރެވޭ މައްސަލައިގެ ތަޢާރަފު
ވާހަކައެއް ރީތިވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ. ވާހަކައެއް ލިޔާއިރު އެ ވާހަކައިގެ ލަފުޒުތަކުން ކިޔުންތެރިންނާ ހަމައަށް އެތައް އިހުސާސްތަކެއް ގެނެސްދޭން ޖެހެއެވެ. މުޙައްމަދު ވަޙީދު ނަދުވީ (2000) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ އުސްލޫބަކީ ވާހަކައިގެ ވަރަށް މުހިންމު ބައެކެވެ. މިގޮތުން ބަލާއިރު ލިޔުންތެރިޔާގެ ހުނަރުވެރިކަމުގެ ތެރެއިން ކިޔުންތެރިންނަށް އެ ވާހަކައިން ހިތާމައާއި…