ދިރާސާ ކުރެވޭ މައްސަލައިގެ ތަޢާރަފު
ވާހަކައެއް ރީތިވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ. ވާހަކައެއް ލިޔާއިރު އެ ވާހަކައިގެ ލަފުޒުތަކުން ކިޔުންތެރިންނާ ހަމައަށް އެތައް އިހުސާސްތަކެއް ގެނެސްދޭން ޖެހެއެވެ. މުޙައްމަދު ވަޙީދު ނަދުވީ (2000) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ އުސްލޫބަކީ ވާހަކައިގެ ވަރަށް މުހިންމު ބައެކެވެ. މިގޮތުން ބަލާއިރު ލިޔުންތެރިޔާގެ ހުނަރުވެރިކަމުގެ ތެރެއިން ކިޔުންތެރިންނަށް އެ ވާހަކައިން ހިތާމައާއި…
ރާގު: ލީވޭ ޕަލަސްތީނާ ކްރޮއްސާ ޒީއޯނީޒަމް (ސްވިޑްން ލަވައެއް)
ދެއްވާށި ފަލަސްތީނަށް ނަޞްރާ ކާމިޔާބާ 2
ލައްވާށި ލައްވާށި ރަޙްމަތް ފަލަސްތީނަށް 2
ލައްވާށި ފަލަސްތީނަށް ރަޙްމަތާއި ނިޢުމަތް 2
ވާނަމޭ އެކުގައި ދިވެހިން 2، ދާނަމޭ އެކުގައި ދިވެހިން 2
ލާނަމެ ބާރު ދިވެހިން 2، ދޭނަމެ ހިތްވަރު ދިވެހިން 2
ހިނގާށެ…
އާފެށުމަކާ އާރޫޙަކާ އެކުގައިއޮތީ އަދުދިރުވުމޭ
އާފެވުމަކާ ޖޯޝާއެކީ ދިރުވާށަވީ ޤައުމިއްޔަތޭ
މާޒީވިހާ ކަންތައްތަކުން ފެނިގެންދަނީ ހިތްދަތިކަމޭ
ޣާޒީރަދުން ދެއްކެވިމަގުން ދިރުވާށެވީ ޤައުމިއްޔަތޭ
ގާތީފިލުން އަދުހިތްތަކުން ޤައުމެއްގެހުރި މޫރިތިކަމޭ
ދާތީއޮޔާ އަދުޖީލުތައް ދިރުވާށެވީ ޤައުމިއްޔަތޭ
އާކަންކަމާ އާގޮތްތަކާ ގެނުވައިފިޔޭ ގެއްލުންލިބޭ
މާދަންކުރަން ފަހެނުތިބެމާ ދިރުވާށެވީ ޤައުމިއްޔަތޭ
ދީނަށްއަދައި އަދުޙުރުމަތެއް ދެއްވަންޖެހޭ މީހެޔޮގޮތޭ
ދީނަށްޓަކާ ޤައުމަށްޓަކާ ދިރުވާށެވީ ޤައުމިއްޔަތޭ
އާދިރުމަކާ އާރޯކަމެއް…
ދިވެހިބަސް، ދީނާތަރިކަ، ދިރުވާށެވީ ޖޯޝާއެކީ ދިވެހިގޮތް ރައްކާކުރަން އެކުވާށެވީ ޢަޒުމާއެކީ މިވެށިވެސް އަދުއިސްކުރޭ މިނިވަންކަމަށް އިސްކަން އެދީ
ބާރުލައި ދިރުވާށެވީ ގައުމިއްޔަތޭ އަދު ދީބުގާ އާރުލައި ގޮތުގައިމިކަން ވިސްނައިދެމާ އަދު އެންމެނާ ނާރުގައި ހަރުލާނެހާ ގޮތަކުން މިތާ އިއްވައިދެމާ ވާރެއާ ވިއްސާރަޔަށް ނުގުޑާނެހެން ބުނެ އަންގަމާ
ދާށެވީ އަދުއަތުގުޅައި އެންމެންއެކީ އެއް ޢަޒުމުގާ ވާށެވީ ޤުރުބާންމިތާ ޤައުމަށްޓަކައި އަދު…
ތަޢާރަފް
2000 ގެ އަހަރުތަކަށް އެޅުނުއިރުވެސް "ޑިމޮކްރަސީ" މި ލަފުޒަކީ ދިވެހީންނަށް ވަރަށް ބީރައްޓެހި ލަފުޒެކެވެ. ޑިމޮކްރެޓިކް ސިފަތައް އެކުލެވިގެންވާ ވެރިކަމެއްގައި ހިމެނެނީ ކޮންކަހަލަ ސިފަތަކެއްކަން ދިވެހިންނަކަށް ނޭނގެއެވެ. ނަމަވެސް ދިވެހިން ވެސް އިންތިޚާބުތަކުގައި ވޯޓުލައެވެ. ރައީސްވެސް ހޮވައެވެ. އެކަމަކު 2008 ވަނައަހަރާ ހަމައަށް މިހާރުގެ ޖީލުތަކަށް ފެނުނީ 30 އަހަރުގެ ދިގުމުއްދަތަކަށް ވެރިކަންކުރި ރައީސް މައުމޫން ޢަބްދުލް…
"އިންޓަރނޭޝަނަލް ރިލޭޝަންސް" މި މާއްދާއަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ތަންކޮޅެއް މަދުން އިވޭ އަޑެކެވެ. މި މާއްދާ ރާއްޖޭގައި ކިޔަވައިދޭންފެށީ ވަރަށް ފަހުންނެވެ. ކިޔަވައިދެނީ ވެސް ވަރަށް މަދު ތަނެއްގައެވެ. މި މާއްދާއާ ގުޅޭގޮތުން ދިވެހިބަހުން މާގިނަ ފިލާވަޅުތަކެއް މިހާތަނަށް ލިޔެވިފައެއް ނުވެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ ފޮތްކިޔަން މާބޮޑު ޝައުގެއް ހުންނަ ބަޔަކަށް ނުވާތީ، މި މާއްދާއާ…
ވާހަކަދެއްކުންތެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ މުއާޞަލާތުކުރުމެވެ. "މުއާޞަލާތު" މި ލަފުޒުން ތަފާތު މާނަތައް ދޭހަވެއެވެ. އެގޮތުން ގުޅުން އުފެއްދުމުގެ ޢަމަލަށް ވެސް މުއާޞަލާތު ކިޔައި އުޅެއެވެ. އަނގަބަހުން ބުނެގެން ނުވަތަ ލިޔެގެން އަންގާ އެންގުމަށް ނުވަތަ ދެކެވޭ ވާހަކައަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. މަޢުލޫމާތު ބަދަލުކުރުމަށް ކުރެވޭ ޢަމަލުތަކަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. ހަމައެހެންމެ ބައެއްފަހަރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް…
ތިރީގައި މި ފާހަގަކޮށްލަނީ ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި މަސައްކަތްކުރާއިރު ތިމާގެ ޢަމަލުތައް ބަހައްޓަންޖެހޭ ބައެއް ގޮތްތަކާއި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމެވެ.
އަޑުއެހުންތެރިންނަށް ފޯރުކޮށްދިނުމަށް ޓަކައި ތިމާގެ ކިބައިގައި ރަނގަޅު މެސެޖެއް އޮތްކަން އަޑުއެހުންތެރިންނަށް ޔަޤީންކޮށްދޭން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ ރަނގަޅު މީހެއްކަން އަޑުއަހެނުންތެރިންނަށް ވިސްނޭނެ ގޮތަކަށް ކުރީބައިގަ ތިމާގެ ޢަމަލުތައް ބަހައްޓަން އާދަކުރަން ވާނެއެވެ. މުޖުތަމަޢުގައި…
ޢިލްމުވެރިކަމުގެ ރަންޒަމާނޭ ބުނެވެނީ ޢިލްމުވެރިކަމާއި ތަހުޒީބާއި ތަމައްދުންގެ ރޮނގުން އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދާފައިވާ ދުވަސްވަރަށް ނިސްބަތްކޮށްފައެވެ. މުސްލިމުންގެ ރަންޒަމާނުގައި ކުރިއެރުން ލިބިފައިވަނީ ތަފާތު އެތައް ދާއިރާތަކަކުންނެވެ. މި ދުވަސްވަރު ޤާއިމްވެފައިވާ މުސްލިމް ވެރިކަންތަކުން ޢިލްމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އައްބާސީ ދައުލަތުގެ ޚަލީފާ މައުމޫން ވެރިކަން ކޮށްފައިވަނީ 813ހ އިން 833ހ އަށެވެ. މި ދުވަސްވަރު…
ދުނިޔެއަށް ޖެހެމުން މިދާ ތަރައްޤީގެ ހަމަވައި ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން ދިވެހިންނަށް ވެސް އައީ ލިބެމުންނެވެ. އެކި މޫސުމުގައި އެކިވަރަށެވެ. ދުވެލި މަޑުވާ ފަހަރާއި ބާރުވާ ފަހަރެވެ. ޔަޤީނުން ވެސް އެނގޭ ކަމަކީ ތަރައްޤީ އަންނަކަމެވެ. ނަމަވެސް މިތަރައްޤީ އަޅުގަނޑުމެންނާ ހަމައަށް އަންނަނީ ދުނިޔޭގެ އެހެންވެސް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އައިސްފައިވާ ބީދައިންތޯ ބަލާލުން އެއީ އަޅުގަނޑު ހިތުން…