ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައި ދިއުމުގައި މުސްލިމް ޢިލްމުވެރިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ޚާއްޞަކޮށް އިސްލާމީ ޢިލްމުވެރިކަމުގެ ރަންޒަމާނުގައި މުސްލިމް ޢިލްމުވެރިން ކޮށްފައިވާ ޚިދުމަތްތައް ވަރަށް ވެސް ގިނައެވެ. އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކަކީ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީގެ އަސްލެވެ. ހިސާބު ޢިލްމާއި ބޭސްވެރިކަމާއި ފަލަކީ ޢިލްމާއި ޖިއޮގްރަފީއާއި ބަހަވީ ޢިލްމާއި ޅެންވެރިކަމަކީ މުސްލިމުންގެ…