ތިޔަ ހުރެވުނީ ކުލާސްރޫމެއްގެ ތެރޭގައި ކަމަށް ޚިޔާލަށް ގެންނާށެވެ. އެތަނުން އެންމެ ރަނގަޅަށް ވާހަކަދައްކާނީ ކާކުހެއްޔެވެ؟ ކުލާހުން އެންމެ ރަނގަޅަށް ވާހަކަދައްކާނެކަމަށް ހީވާ މީހުން ފާހަގަކޮށްލާށެވެ. އެމީހުންނަކީ އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮންނަ މީހުން ކަމަށް ހީވެދާނެއެވެ. އަދި ފަހަރުގާ އެމީހުން އެމީހުންގެ ނަފުސާމެދު އޮންނަ ޔަޤީންކަމަށް ވުރެ ތިބާއަށް އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮތްކަމަށް…
ވާހަކަދެއްކުންތެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ މުއާޞަލާތުކުރުމެވެ. "މުއާޞަލާތު" މި ލަފުޒުން ތަފާތު މާނަތައް ދޭހަވެއެވެ. އެގޮތުން ގުޅުން އުފެއްދުމުގެ ޢަމަލަށް ވެސް މުއާޞަލާތު ކިޔައި އުޅެއެވެ. އަނގަބަހުން ބުނެގެން ނުވަތަ ލިޔެގެން އަންގާ އެންގުމަށް ނުވަތަ ދެކެވޭ ވާހަކައަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. މަޢުލޫމާތު ބަދަލުކުރުމަށް ކުރެވޭ ޢަމަލުތަކަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. ހަމައެހެންމެ ބައެއްފަހަރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް…
ތިރީގައި މި ފާހަގަކޮށްލަނީ ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި މަސައްކަތްކުރާއިރު ތިމާގެ ޢަމަލުތައް ބަހައްޓަންޖެހޭ ބައެއް ގޮތްތަކާއި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމެވެ.
އަޑުއެހުންތެރިންނަށް ފޯރުކޮށްދިނުމަށް ޓަކައި ތިމާގެ ކިބައިގައި ރަނގަޅު މެސެޖެއް އޮތްކަން އަޑުއެހުންތެރިންނަށް ޔަޤީންކޮށްދޭން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ ރަނގަޅު މީހެއްކަން އަޑުއަހެނުންތެރިންނަށް ވިސްނޭނެ ގޮތަކަށް ކުރީބައިގަ ތިމާގެ ޢަމަލުތައް ބަހައްޓަން އާދަކުރަން ވާނެއެވެ. މުޖުތަމަޢުގައި…
ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. މި ހުނަރު ދަސްކުރުމަކަށް ވަކި ޢުމުރުފުރައެއް މުހިންމެއް ނޫނެވެ. މިއީ ހަމަ ކޮންމެ ޢުމުރުފުރާއެއްގެ ބަޔަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ޙަޔާތުގެ ސިޑީގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތާ ހަމައަށް ވެސް މި ހުނަރު ލިބިގަތުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއިރެއްގައި…
ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށް ވުމަކީ އެކަމުން ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ ކަމެކެވެ. ލިބިފައި ހުރި ތަޢުލީމަކާއި ތަޖުރިބާ އެހެންމީހުންނަށް ރަނގަޅު ގޮތުގައި ޙިއްސާކުރުމުން ތިމާގެ އަގު އެހެންމީހުންގެ ކުރިމަތީގައި އުފުލި ތިމާއަށް އަނެކުންގެ ޤަދަރާއި އިޙްތިރާމް ލިބޭ ކަމެކެވެ. މަސައްކަތުގައްޔާއި އެހެނިހެން ކަންކަމުގައި އެކިކަހަލަ ޚިޔާލުތައް ހުށަހަޅަން ފުރުޞަތު ލިބޭހިނދު ތިމާއަށް އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް…