
ރަސްމީ ސިފައެއްގައި ދިވެހިސިފައިން އުފެދުނުފަހުން ސިފައިންގެ ޚިދުމަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން، ޚިދުމަތް ދިނުމަށްޓަކައި ސިފައިންގެ ހެޑުކުއާޓަރުގެ ގޮތުގައި މައިގަޑު ތިންތަނެއް ބޭނުންކޮށްފައިވެއެވެ. އެންމެފުރަތަމަ ސިފައިންގެ އެންމެހާ ކަންތައްތައް ކުރަމުން އައިސްފައިވަނީ ރަށްދެބައިގޭގައެވެ. އަތިރީގޭ ޢަބްދުﷲ ދީދީ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެހުމާއިގުޅިގެން ގެންނެވި ބަދަލުތަކުގެ ތެރޭގައި ރަށްދެބައިގޭގައި ހިނގަމުންއައި ސިފައިންގެ އެންމެހާ ކަންތައްތައް ބޮޑުގަނޑުވަރު ތެރެއަށް ބަދަލުކުރެއްވުން ހިމެނެއެވެ.…