
ގައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެކައްޗަކީ އެ ގައުމެއްގެ ގައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންދާ ގައުމިއްޔަތުގެ ބަހާތަކެވެ. ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ތާރީޚާއި އާދަކާދައާ ސަގާފަތެވެ. މި ސިފަތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަ ސިފަތަކާއެކު، ގައުމެއްގެ އާބާދީ އެކަތިގަނޑެއްގެ ގޮތުގައި…